ކުކިންޓިޕްސް

ކުކިން ޓިޕްސް

 

މަސްގިނަދުވަހަށް ތާޒާކޮށް ބަހަށްޓަން ބޭނުންނަމަ ލޮނުކޮޅަކާ ރީނދޫ ކޮޅެއް މަހުގައި ހޭކުމަށްފަހު ފުރިޖްގައި ބަހައްޓާށެވެ.

ފުރުޓްކޭކުގެ ފުށްގަނޑު ހަދާއިރު 1 ސސ ގްލޭޒިން އެއްކޮށްލާށެވެ.ވަރަށްމަޑުވާނެއެވެ.

ކޭކުފިހަން ނަޓް، ހިކިމޭވާ އަޅާނަމަ ހިކިފުށްކޮޅެއްގައި ރަނގަޅަށް ހާކާފައި ކޭކުފުށްގަޑާ ރަނގަޅަށް މިކްސްކޮށްލާށެވެ.ފުރުޓުތަށް އަޑިޔަށް ދާގޮތެއް ނުވާނެއެވެ.

ފްރޯންސް ކައްކާއިރު ފެންގަނޑަށް ކުޑަހަކުރުކޮޅަކާއި ކިރުފޮދެއް އެއްކޮށްލާށެވެ.ރަހަމީރުވާނެއެވެ.

ކެބެޖް ފެނުކައްކާއިރު ކުޑަ އިނގުރު ކޮޅެއްއަޅާށެވެ.ތަފާތު މީރުރަހައެއް ދޭނެއެވެ.

ހަކުރު އަޅާއިގެން ކައްކާ ފޮނިއެއްޗަހި ކައްކާއިރު ހަކުރު ބްރައުން ކޮށްފައި(ހިތިރަހަނުދޭވަރަށް)އެޅުމުން ތަފާތު މީރުރަހައެއް ދޭނެއެވެ.

ޕަފް ޕޭސްޓްރީ ހަދާއިރު ބޭކިން ޝީޓްގެ މައްޗަށް ފެންފޮދެއް ބުރުވާލާށެވެ.މިހެން ހެދުމުން ޕަފް ޕޭސްޓްރީ ބޮޑުވުމަށް އެހީވެދޭނެއެވެ.

ތަރުކާރީ ކައްކާއިރު ކުޑަ ކިރުފޮދެށް އަޅާށެވެ.ތަރުކާރީ އަސްލު ކުލަނުގެއްލޭނެއެވެ.

އަލަވިމަޑުކުރާއިރު 1 މސ ރާހުތް އަޅާށެވެ.ހުދުކޮށް ހުންނާނެއެވެ.

އަމިއްލަޔަށް ސްވީޓް އެންޑް ޝަވަރ ކުރީމް ހަދަންބޭނުންނަމަ 150ގ ކްރީމް ތެރެޔަށް 1 ނުވަތަ 2 މސ ލުނބޯ ހުތް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

ސެލްފްރެއިޒިން ފުށް ހޯދަންދަތިނަމަ 500 ގ ފުށުގެ ތެރެޔަށް 10ގ ބޭކިންޕައުޑަރ އެއްކޮށްފައި ފުރާނާފައި ބަހަށްޓާށެވެ.

ކަޓްލެޓްސް ފްރައިޑްފިޝް ކަހަލަ ބާވަތްތައް ތައްޔާރުކުރުމަށް ބިސްގިރާއިރު ކުޑަފުށްކޮޅެއް އަޅައިގެން ގިރާށެވެ.

އޭރުން ރީއްޗަށް ފާރޮށި އަދިބިސްވެސް ތައްލާނެއެވެ.

- އާޓާފުށުން ރޮށި ފިހޭއިރު ކުޑަ އީސްޓްކޮޅެއްލާށެވެ.މީރުވާނެއެވެ.

އެއްކޮށް ހުންނަ ކުކުޅު ރޯސްޓް ޗިކަން ހަދަން ހަދަން ނުވަތަ ކުކުޅުފައި ތެލުލާނަމަ ފުރަތަމަ ފެނުކައްކާ ކުޑަކޮށް ރޯފިލުވުމަށްފަހު ދެން އޭގެ ބޭރުގައި ބޭނުންއެއްޗެއް ހާކާފައި ކެކިކެކިހުންނަ ތެޔޮއެއްޗަކަށް އަޅާފައި ތެލުލާށެވެ.އަވަސްވާނެއެވެ.

 

 

 

 

 

685 Views

Read more